"ޓައިގާ 3"ގެ ޝޫޓިން ފެބްރުއަރީ މަހު ފަށަނީ

ޓައިގާ ގެ ތިން ވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެބްރުއަރީ މަހު ފަށަނީ--

އޭކް ދަ ޓައިގާ އާއި ޓައިގާ ޒިންދާ ހޭ ގެ ލީޑު ރޯލުން ފެނިގެންދިޔަ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފް އާއި ސަލްމާން ޚާން އެ ފިލްމުގެ ތިންވަނަ އިންސްޓޯލްމަންޓާ އެކު، ފެނިގެންދާއިރު މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ގޮތަށް ނިންމައިފި އެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ތިން ވަނަ އިންސްޓޯލްމަންޓް އަކީ 40.1 މިލިއަން ޑޮލަރު (300 ކުރޯޑު)ގެ ބަޖެޓަކުން އުފައްދާ ފިލްމެއް ކަމަށެވެ. ފިލްމުގެ ޝޫޓިން މަދުވެގެން އަށް މަސް ދުވަހަށް ކުރިއަށްދާނެ ކަމަށާއި އަދި މި ފިލްމުގެ މަންޒަރުތައް އެކި އެކި ގައުމުތަކުގައި ވެސް ނެގުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ ތިން ވަނަ ބައި ގެނެސްދޭނެ ކަމަށް ޓައިގާ ޒިންދާ ހޭގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ މީގެ ކުރިން ބުނެފަ އެވެ. މި ފަހަރު ޓައިގާގެ ތިން ވަނަ ބައި ގެނެސްދޭނީ ވައިއާރްއެފްގެ ދަށުންނެވެ. އަދި މި ފިލްމު ޑައިރެކްޓްކުރާނީ މަނީޝް ޝަރްމާ އެވެ.

ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ. މި ފިލްމުގެ ތިން ވަނަ ބަޔަށް ކިޔާ ނަމް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި ފިލްމު ރިލީޒްކުރާނީ 2022ގައި ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް