އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވި މީހެއް އައްޑޫ އިން ހައްޔަރުކޮށްފި

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވި މީހެއް އައްޑޫ ސިޓީ، ފޭދޫ އިން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އިތުރު ތަފްސީލު ނުދެއްވައެވެ.

އެނގިފައިވާގޮތުން އެމީހާ ހައްޔަރުކުރީ އެޗްޕީއޭގެ ހުއްދަ ހޯދުމަކާ ނުލާ ރަށަށް ދިއުމުންނެވެ.

މާލެއިން ރަށްރަށަށް ދެވޭނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެންނެވެ. އަދި ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެގޮތަށް އަމުރުކޮށް އެޗްޕީއޭއިން ގައިޑްލައިނެއް އެކުލަވާލީ ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.

comment ކޮމެންޓް