156 މީހަކު އެޑްމިޓްކޮށްފައި، 11 މީހަކު އައިސީޔޫގައި

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހިގެން މިހާރު ފަރުވާ ދެމުންދާ 2،553 މީހުުންގެ ތެރެއިން 156 މީހަކަށް ފަރުވާ ދެމުންދަނީ އެޑްމިޓްކޮށްގެން ކަމަށާއި އޭގެ ތެރެއިން 11 މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެމީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ފަސް މީހަކަޢި ޑީއެޗް16 ގައި ފަރުވާ ދެމުންދާ ހަ މީހެއްގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ 144 މީހުންނާއި އޭދަފުށީ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ މީހެކެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ ހަ މީހަކު އައިސީޔޫގަ އިއޮތ އިރު އޭގެ ތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 5،494 އަށް އަރައިފައެވެ.

މިހާތަނަށް 2،920 މީހުން ބަލިން ރަނގަޅުވެފައި ވާއިރު 21 މީހަކު މި ބަލީގައި މަރުވެފައިވެއެވެ.

comment ކޮމެންޓް