އަކްޝޭ އާއި ކިއާރާގެ "ލަކްޝްމީ ބޮމްބް" އަންނަ މަހު

އަކްޝޭ އާއި ކިއާރާ ފިލްމުގެ ލަވައިގެ މަންޒަރެއްގައި--

ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު އާއި ބަތަލާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ލަކްޝްމީ ބޮމްބް" އަންނަ މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. އެ ދުވަހަކީ އަކްޝޭގެ 53 ވަނަ އުފަންދުވަސްވެސްމެ އެވެ. މި ފިލްމު އަންނަ މަހު ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޓްރެއިލާ ދައްކާލާނީ މިމަހު 18ގަ އެވެ.

މި ފިލްމަކީ މިއަހަރުގެ ފިތުރު އީދު ދުވަހު ގެނެސްދިނުމަށް ތާވަލްކުރި ފިލްކެވެ. ނަމަވެސް ސިނަމާތަށް ބަންދުކޮށްފައި އޮތުމުން ފިލްމު ސިނަމާގައި އެޅުވޭގޮތް ވަނީ ނުވެފަ އެވެ. ރަގަވާ ލޯރެންސް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އަކްޝޭ އާއި ކިއާރާ އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ.

comment ކޮމެންޓް