ޝިޕިން އެޖެންޓުންގެ ރެޖިސްޓްރީ ހުށަހަޅަން އަންގައިފި

އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެގެން ކަމަށް ބުނާ ގަވާއިދުގެ ދަށުން ޝިޕިން އެޖެންޓުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ކަމުގެ ލިޔުން ކަސްޓަމްސް އަށް ހުށަހަޅަން އެދެފިއެވެ.

ރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ޝިޕިން އޭޖެންސީގެ ހިދުމަތްދޭ ކުންފުނިތަކުން، 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ. 16 ޖުލައި ގައި ގެޒެޓްކުރި އެ ގަވާއިދުގެ ދަށުން، މިމުއްދަތުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީގައި ރަޖިސްޓަރީ ނުކޮށް އެއްވެސް ފަރާތަކުން ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

ކަސްޓަމްސް އިން ކުރި އިއުލާނެެއްގައި ބުނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން އުޅަނދު ފަހަރުގެ އޭޖުންޓުންގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ރަޖިސްޓަރީކޮށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، އޮގަސްޓް، 16 ، 2020 ވަނަ ދުވަހުގެ ކުރިން، ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔުން ކަސްޓަމްސް އަށް ހުށަހެޅުމަށް އެދޭ ކަމަށެެވެ.

މީގެ އިތުރުން 16 އޮގަސްޓުން ފެށިގެން، ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ ދަށުން، އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް އާކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުން، އެކުންފުއްޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަސްވެސް އިއުލާނުގައި ވެއެވެ.

https://sun.mv/140161

comment ކޮމެންޓް