ޑައިރެކްޓަރު ނިޝިކާންތު އެޑްމިޓްކޮށްފި

ޑައިރެކްޓަރު ނިޝިކާންތު

ބޮލީވުޑްގެ ޑައިރެކްޓަރު ނިޝިކާންތު ކަމަތު، 50، އެޑްމިޓްކޮށްފި އެވެ.

ހައިދަރްއާބާދު ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް އޭނާއަށް ފަރުވާދެނީ ލިވާ އަށް ދިމާވި މައްސަލައެއްގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ.

މަރާތީ ފިލްމުތަކުން ފިލްމީދާއިރާއަށް ތައާރަފްވި ޑައިރެކްޓަރު ނިޝިކާންތަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ. އޭނާ ވަނީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން މަރާތީ ފިލްމުތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.

ނިޝިކާންތު ޑައިރެކްޓްކުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ރޮކީ ހޭންޑްސަމް"، "ފޯސް" އަދި "މުމްބާއި މެރި ޖާން" ހިމެނެ އެވެ.

comment ކޮމެންޓް