މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 143 މީހުން ކަމަށާއި އޭގެތެރޭގައި 87 ދިވެހީން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިރޭ ހައެއް ޖެހުމާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 40 ބަންގްލަދޭޝް މީހުންނާއި 10 އިންޑިއާ މީހުންނާއި ތިން ނޭޕާލް މީހުންގެ އިތުރުން ދެ ސްރީލަންކާ މީހުންނާއި މިސްރު މީހެއް ކަމަށެވެ.
މިއީ އިއްޔެއާ އަޅާ ބަލާއިރު އަދަދެކެވެ. އިއްޔެ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 66 މީހުންނެވެ. އޭގެތެރޭގައި 55 ދިވެހީން ހިމެނެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5،366 އަށް އަރައިފައެވެ. އަދި 21 މީހުން ބަލީގައި ވަނީ ނިޔާވެފައެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 91،903 މީހުން ޓެސްޓްކޮށްފައިވާ ކަމަށެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު މިހާރު ވަނީ 2،884 އަށް އަރައިފައެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑްގެ އެކްޓިވް ކޭސް މިހާރު ފެނިފައިވަނީ މާލެ ފިޔަވައި 12 ރަށަކުން ކަމަށެވެ. އޭގެ ތެރޭޙައި ހއ. ކެލާ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ކ. މާފުށި، ފުވައްމުލަކު ސިޓީ، ހއ. އިހަވަންދޫ، ހދ. ނައިވާދޫ، ބ.ކަމަދޫ، ޅ. ހިންނަވަރު، ވ. ފުލިދޫ އަދި އައްޑޫ ސިޓީ