ޖާންވީގެ ގުންޖަން ސަކްސޭނާ ބަލަންވާނެ

ފިލްމުގެ މަންޒަރެއްގައި ޖާންވީ--

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ނެޓްފްލިކްސްގައި ރިލީޒްކޮށްފި އެވެ.

މި ފިލްމު މިހާރު ނެޓްފްލިކްސްއިން ބަލައިލެވޭނެ އެވެ. ފިލްމު ބެލުމަށްފަހު އާންމުން އަންނަނީ ޖާންވީއަށް ވަރަށް ބޮޑަށް ތައުރީފްކުރަމުންނެވެ. މި ފިލްމަކީ އިންޑިއާގެ އެއާފޯސްގެ ފުރަތަމަ އަންހެން ޕައިލެޓް ގުންޖަން ސަކްސޭނާގެ ވާހަކަ ކިޔައިދޭ ބަޔޮޕިކް އެކެވެ.

ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ މި ފިލްމަށް ފަހަަކުން ތިނެއް ބައިގެ ރޭޓިންއެއް ދީފަ އެވެ. އޭނާ ބުނީ މި ފިލްމަކީ ވަރަށް އިންސްޕަޔަރިން ފިލްމެއް ކަމަށާއި ފިލްމުގެ ފޮޓޯގްރަފީ ވެސް ވަރަށް ފުރިހަމަކަށެވެ. އަދި ޑައިރެކްޓަރު ޝަރަން ޝަރްމާއަށް ތަރަން ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

comment ކޮމެންޓް