ކޮވިޑް ޖެހިގެން ރާއްޖެއިން 21 ވަނަ މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީ-- ފޮޓޯ: އެސްޓީއޯ

ކޮވިޑް19 ޖެހިގެން ރާއްޖެއިން 21 ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ކވިދް ޖެހިގެން މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ މަރުވީ މިއަދު 09:20 ހާއިރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން 21 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.

ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ވަނީ ފަށާފަ އެވެ. އިއްޔެ 18:00 އާ ހަމައަށް ރާއްޖެއިން މުޅި ޖުމްލަ 5،223 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތަކަށް ފަރުވާކުރާ މީހުން ހިމެނޭތީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ރޭ އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 148 މީހަކަށެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަކީ 2،354 އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް