ޔޫތް މިނިސްޓްރީގެ މުވައްޒަފަކު ޕޮޒިޓިވްވެ، އެ މިނިސްޓްރީ ބަންދުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ވެލާނާގޭގައި ހިންގާ ޔޫތް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަން ވަނީ އަންގައިފަ އެވެ. އެކަމާ ގުޅިގެން މިނިސްޓްރީ ޑިސްއިންފެކްޓް ކުރުމަށް މިއަދު ވަނީ އެ މިނިސްޓްރީ ބަންދުކޮށްފަ އެވެ.
ޑިސްއިންފެކްޓް ކުރެވުނުހާ އަވަހަކަށް އެ އޮފީސް ހުޅުވަން ވެސް ވަނީ ނިންމައިފަ އެވެ.
މިފަހަކަށް އައިސް އޮފީސްތަކުން މީހުން ޕޮޒިޓިވްވާ އަދަދު ވަނީ އިތުރުވެފަ އެވެ.
ތަފްސީލް އަންނަނީ...