ސަލްމާންގެ "ކިކް 2"ގެ ބަތަލާ އަކީ ޖެކަލީންކަން ޔަގީންކޮށްދީފި

ބަތަލާ ޖެކަލީން--

ސާޖިދު ނަދިޔާދުވާލާ ފިލްމު ކިކް 2 އިން ފެނިގެންދާނެ އަންހެން ލީޑު ތަރިއަކީ ޖެކަލީން ފާނަންޑޭޒް ކަމަށް އޭނާ ބުނެފި އެވެ.

ޖެކަލީންގެ 35 ވަނަ އުފަންދުވަހު ސާޖިދު ދިން ހަދިޔާއަކީ މި ފިލްމުގެ ލީޑަށް ޖެކަލީން ހަމަޖެއްސުމެވެ. ޓްވިޓާގައި އެކަން ހާމަކުރަމުން ސާޖިދު ބުނީ މި އަހަރުގެ އުފަންދުވަހުގެ ހަދިޔާއަކީ އަބަދުވެސް ހަނދާން ހުންނާނެ ހަދިޔާއެއް ކަމަށެވެ.

ކިކް 2 ގައި ޖެކަލީން އާއެކު ލީޑު ރޯލުން ފެނިގެންދާނީ ސަލްމާން ޚާން އެވެ. ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ބައެއް ގެނެސްދިނީ 2014 ވަނަ އަހަރު އެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ފުރަތަމަ ފިލްމުގައި ވެސް ސަލްމާން އާއެކު ފެނިގެންދިޔައީ ޖެކަލީން އެވެ.

މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުތެރޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

comment ކޮމެންޓް