މިއަދު ޕޮޒިޓިވްވީ 66 މީހުން، 52 މީހުންނަކީ ދިވެހީން

އޭޕްރީލް 24، 2020: ރޯދަމަހުގެ ފުރަތަމަ ދުވަހު އެހެން އަހަރުތަކުގެ ރޯދަމަހާ ހިލާފަށް މާލެތެރެ އޮތީ ފަޅުވެފަ. ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް 19ގެ ސަބަބުން އެންމެ ލޮކްޑައުންގައި ތިބެން ޖެހި، ރޯދަ ކުރުކުރަން ހަވީރު ފިނި ބުރުޖަހަން ނިކުނަންނަ މަގުތައް ވަނީ ފަޅުވެ މުޅި ރަށުތެރެ ހިމޭންވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 66 މީހުން ކަމަށާއި އޭގެތެރޭގައި 52 ދިވެހީން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިރޭ ހައެއް ޖެހުމާ ހަމައަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 12 ބަންގްލަދޭޝް މީހުންނާއި ދެ އިންޑިއާގެ މީހުން ވެސް ހިމެނޭ ކަމަށެވެ.

މިއީ އިއްޔެއާ އަޅާބަލާއިރު ދެ ގުނައެއްހާ މަދު އަދަދެކެެވެ. އިއްޔެ ރޭ ވަނީ 77 ދިވެހީންނާއެކު 116 މީހުން ޖުމްލަ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 5223 އަށް އަރައިފައެވެ. އަދި 20 މީހުން ބަލީގައި ވަނީ ނިޔާވެފައެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖޭގައި ކޮވިޑަށް 90،704 މީހުން ޓެސްޓްކޮށްފައިވާ ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު މިހާރު ވަނީ 2849 އަށް އަރައިފައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑްގެ އެކްޓިވް ކޭސް މިހާރު ފެނިފައިވަނީ މާލެ ފިޔަވައި 12 ރަށަކުން ކަމަށެވެ. އޭގެ ތެރޭޙައި ހއ. ކެލާ، ހއ. ފިއްލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ކ. މާފުށި، ފުވައްމުލަކު ސިޓީ، ހއ. އިހަވަންދޫ، ހދ. ނައިވާދޫ، ބ.ކަމަދޫ، ޅ. ހިންނަވަރު، ވ. ފުލިދޫ އަދި އައްޑޫ ސިޓީ ހިތަދުއެވެ.

comment ކޮމެންޓް