ބަތަލާ މޯނީ އެންގޭޖްވީތަ؟

ބަތަލާ މޯނީ--

ބޮލީވުޑް ފިލްމުތަކުން ފެނިގެންދާ ބަތަލާ މޯނީ ރޯއީ އެނގޭޖްވެފައިވާ ކަމުގެ އަޑުފެތުރެން ފަށައިފި އެވެ.

ބަތަލާ ލަންޑަނުގައި ސިއްރުން އެންގޭޖްވިކަމުގެ ހަބަރު ފެތުރެން ފެށުމުން އޭނާ ވަނީ އަނގޮޓިއެއް އަޅައިގެން އިނދެ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެކަމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

މޯނީ އެންގޭޖްވި ވާހަކަ އޭނާ އަދި ކަށަވަރުކޮށްދީފައިވާ ނުވާއިރު އޭނާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަވެސް މީގެ ކުރިން އިވިފައެއްނުވެ އެވެ.

ބަތަލާ މޯނީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދީ ނާގިން ގައި މަސައްކަތްކޮށްގެންނެވެ. އޭނާ ވަނީ އަކްޝޭ ކުމާރު އާއެކު ފިލްމު "ގޯލްޑް" ގައި ވެސް މަސައްކަތްކޮށްފަ އެވެ. މޯނީގެ ކުރިއަށް އޮތް ފިލްމަކީ އާލިއާ އާއި ރަންބީރުގެ "ބުރައްމަސްތުރާ" އެވެ.

comment ކޮމެންޓް