ކޮމަންޑޫ ބަނދަރުގެ 73 ޕަސެންޓު މަސައްކަތް ނިންމާލައިފި

ފޮޓޯ: އެމްޓީސީސީ

ށ. ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 73 ޕަސެންޓު ނިންމާލައިފިއެވެ.

އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައި) ހުއްދަ ލިބިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ތެރެއިން އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ އިންފާރު ލުމާއި ކެޕް ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ ގާތްގަނޑަކަށް 29.41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫގެ ދަށުން 14،7000 ކިއުބިކް މީޓަރަށް ވުރެ ބޮޑުކޮށް ނެރު ފުންކުރުމާއި އާ ބަނދަރުގެ ނެރުން 35،000 ކިއުބިކް މީޓަރަށް ވުރެ ބޮޑުކޮށް ފުން ކުރަށް ވަނީ ރޭވިފަ އެވެ. އަދި 12 މީޓަރަށް ބޭރުގެ ތޮށި ޖެހުމާއި 20 މީޓަރަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ އިތުރުން، 190 މީޓަރު އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރެ އެވެ. އަދި ބަނދަރު ސަރަހައްދުގައި މަގު ބައްތި ޖަހައި ޕޭމަންޓު ވެސް ހަދާނެއެވެ.

comment ކޮމެންޓް