އައްޑޫ ހިތަދޫގައި ހޯމް ކަރަންޓީނުވި އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ހިތަދޫ އިން ޕޮޒިޓިވްވީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގުނީ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ.

މީގެކުރިން ވެސް ހިތަދޫ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްފެފައެވެ. އަދި ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ހިތަދޫ މޮނީޓަރިން އަށް ލައި ދެ ދުވަހަށް ސްކޫލުތަކުގެ ކިޔެވުންވެސް ބަންދު ކުރި އެވެ.

ހިތަދޫ މޮނީޓަރިން އިން ނަގާފައިވަނީ ބަލަން ކަނޑައެޅުނު ކަންތައް ބަލައި ނިމުމުން އިތުރަށް މޮނީޓަރިންގައި ބާއްވަންޖެހޭ ހާލަތެއް ނެތުމުންނެވެ.

ހިތަދޫގެ އިތުރުން އައްޑޫ ފޭދޫ އިންވެސް ވަނީ ކޮވިޑްގެ ކޭހެއް ފެނިފަ އެވެ. އައްޑޫ އިން ޕޮޒިޓިވްވި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޓެސްޓުކުރުން އަދި ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،000 އިން މައްޗަށް ގޮސްފައެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވުން ވެސް އިތުރުވަމުން ދާއިރު ހޯމް ކަރަންޓީނަށް މީހުން ރަށްރަށަށް ފޮނުވާ އުސޫލު ހަރުދަނާކޮށް ވަނީ ހަރުކަށި ކޮށްފަ އެވެ.

comment ކޮމެންޓް