ކޮވިޑް-19ގައި 20 ވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ

ކޮވިޑް-19ގައި 20 ވަނަ މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ މީހެކެވެ.

އެޗްޕީއޭގެ އޮފިޝަލް ވިދާޅުވީ، އޭނާ މަރުވެފައި ވަނީ މިއަދު މެންދުރު 12:12ގައި ކަމަށެވެ.

އިއްޔެ ހޮސްޕިޓަލަށް ގެނެވުނު އެ މީހާއަކީ، އައިޖީއެމްއެޗް އެމަޖެންސީ ރެސްޕޮންސް (އީއާރު)ގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް