މަދަނީ އަދުލުގެ ނިޒާމާ ގުޅޭގޮތުން މަޝްވަރާކުރަން ކޯޓުތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް

ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މަދަނީ އަދުލުގެ ނިޒާމާއި މަދަނީ އިޖުރާއަތާގުޅޭ އެނޫންވެސް މައިގަނޑު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ސިވިލް ކޯޓާއެކު އެޓާނީ ޖެނެރަލްގެ އޮފީހުން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފިއެވެ.

އެގޮތުން މިއަދު ވަނީ ފުރަތަމަ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ.

އެބައްދަލުވުމުގައި، އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުރުން ރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުއުތަސިމް އަދުނާންއާއި، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސިވިލް ކޯޓުގެ ގާޒީން ބައިވެރިވެވަޑައިގަތެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި، އަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ބާރުއަޅައިދޭނެ އުސޫލުތަކާއި، އިޖުރާއަތުތަކާމެދު ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވުނު ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމަކީ، މަދަނީ އަދުލުގެ ނިޒާމާއި މަދަނީ އިޖުރާއަތާގުޅޭ އެނޫންވެސް މައިގަނޑު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

comment ކޮމެންޓް