އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކު ފިހިއްޖެ

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ގޮސްފައިވާ ހިސާބު -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސި 18:15 ހާއިރުގައެވެ. ނަމަވެސް ފިހުނު މީހާއަށް މާބޮޑު އަނިޔާއެއް ނުލިބޭކަން އެނގިފައިވެއެވެ.

އެމްއޭސީއެލް އިން ބުނީ އަލިފާން ރޯވެފައި ވަނީ ވީއައިއޭގެ ސީޕްލޭން އޮޕަރޭޓްކުރާ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތާނގީތައް ކައިރީގައެވެ.

އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް އެއާޕޯޓުގެ ފަޔާމަނުން އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެ ހާދިސާގައި އެ ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެފައިވާކަން ވެސް އެމްއޭސީއެލް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއޭސީއެލް އިން ބުނީ މިހާރު އެ ހާދިސާ ހިނގިގޮތް ބެލުމަށް އެތެރެގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް