ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިނިވަން މުއައްސަސާ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.
ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ހަތް މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ބްރޯޑްކޮމް އަށް އައްޔަނު ކުރި މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގައި މިހާރު ތިއްބެވީ، ޒީނާ އާއި އަމުޖަދު ވަހީދު އަދި އާމިނަތު ސަރާހަތު އެވެ. މީގެ ކުރިން އެހެން ދެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް ނިންމައި މަޖިލީހުން ވަނީ ވަކިކޮށްފަ އެވެ. ޒީނާ ވަކިކުރުމުގެ މައްސަލަ މަޑު ޖައްސާލާފައި އޮތީ އޭނާ މެޓާނިޓީ ލީވްގައި ހުރުމުންނެވެ.
ބްރޯޑްކޮމްއިން ޒީނާ ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމުމާއެކު މަޖިލީހުގެ ތަޅުމުގައި އެކަން ކުރިއަށް ގެންދާކަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރަންޖެހެ އެވެ. އޭގެ ފަހުން ޖަވާބު ދާރީވާން އޭނާއަށް ފުރުސަތު ދޭނެ އެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް ޒީނާ އައްޔަނު ކުރީ 2016 ވަނަ އަހަރުގެ އެޕްރީމް ފަސްވަނަ ދުވަހު އެވެ.