ހިތަދޫ މޮނީޓަރިން ހާލަތުން ނަގައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫ ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށް އެ އަވަށް މޮނީޓަރިން އަށް ލުމަށްފަހު، މޮނީޓަރިންގެ ހާލަތު އުވާލައިފި އެވެ.

ރެއާއި ހަމައަށް ހިތަދޫ އިން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މި ތިން މީހުންނަކީވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

އައްޑޫ ހިތަދޫ މޮނީޓަރިން އަށް ލައި ދެ ދުވަހަށް ސްކޫލުތަކުގެ ކިޔެވުންވެސް ބަންދު ކުރި އެވެ.

ހިތަދޫ މޮނީޓަރިން އިން ނަގާފައިވަނީ ބަލަން ކަނޑައެޅުނު ކަންތައް ބަލައި ނިމުމުން އިތުރަށް މޮނީޓަރިންގައި ބާއްވަންޖެހޭ ހާލަތެއް ނެތުމުންނެވެ.

މީގެ އިތުރުން އައްޑޫ ފޭދޫ އިންވެސް ވަނީ ކޮވިޑްގެ ކޭހެއް ފެނިފަ އެވެ.

އައްޑޫ އިން ޕޮޒިޓިވްވި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޓެސްޓުކުރުން އަދި ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވަމުންދައިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5،000 އިން މައްޗަށް ގޮސްފައެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ އަދަދުވެސް އިތުރުވަމުން ދާއިރު ހޯމް ކަރަންޓީނަށް މީހުން ރަށްރަށަށް ފޮނުވާ އުސޫލު ހަރުދަނާކޮށް ވަނީ ހަރުކަށި ކޮށްފަ އެވެ.

comment ކޮމެންޓް