ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަވާ އދ ގެ މަންދޫބަކަށް ޑރ. އާސިމް

ޖެނީވާގައި ހުންނަ އދގެ މަންދޫބަކަށް ޑރ. އާސިމް އައްޔަނު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ގ. ފަރުކަނި ޑރ. އާސިމް އަހުމަދު އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

މަގާމުގެ ފަތްކޮޅު ދެއްވުމަށް، މިއަދު މެންދުރުކުރީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ޑރ. އާސިމް މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ. ޑރ. އާސިމް ވަނީ މީގެ ކުރިން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ހިދުމަތް ވެސް ދެއްވާފަ އެވެ.

ޑރ. އާސިމް ވަނީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލާ އޮފް އާޓްސް ހާސިލުކުރައްވައި، ޑިގްރީ އޮފް މާސްޓާ އޮފް ފިލޮސޮފީ އަދި ޑޮކްޓަރ އޮފް ފިލޮސޮފީ ހާސިލުކުރައްވާފަ އެވެ.

މީގެ ކުރިން ޖެނީވާގައި ހުންނަ އދގެ މަންދޫބަކީ ޑރ. ހަލާ ހަމީދެވެ.

comment ކޮމެންޓް