ކަޅުބިލަމަސް ގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސްގަތުމުގެ ފުރުސަތު އިތުރު ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ ރާއްޖޭގައި މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އާ ކުންފުނިތަކުން މަސް ގަތުމުގެ ހުއްދަ ދިނުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވާ ކަމަށެވެ.

މީގެ މަގުސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ މަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެންދުންތައް އުފައްދާ ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށައަޅަންޖެހޭގޮތުގެ ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެއެވެ. މި މަޝްރޫއަށް އެދި ހުށައަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީ ގަޑީގައި ފިޝަރީޒް މިނިސްޓްރީގެ ކައުންޓަރުންކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތުގައި ބުނާގޮތުން ދުވާލަކަށް 20 ޓަނަށްވުރެ މަދުން ކަޅުބިލަމަސް ގަންނަ އެއްވެސްފަރާތަކުން ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ ޕްރޮސެސްކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަކީ:

  1. އަގު އެއްކުރުމުގެ ސިޔާސަތު
  2. ޝޯ-ބޭސްޑް އިންވެސްޓްމަންޓް ޤާއިމްކުރުން
  3. މަސްގަތުމުގައި ކަލެކްޓަރ-ބޯޓް ބޭނުން ކުރުން
  4. މަސް ގަންނަ އެންމެ ދަށް އަގު (ފްލޯ ޕަރްއިސް)
  5. މަސްވެރިކަން ކުރުމަށް އިންވެސްޓް ނުކުރުން އަދި ދިވެހި އުޅަނދުން މަސް ގަތުން
  6. ފޮރިން އިންވެސްޓްމަންޓް
  7. ޕްރޫފް އޮފް ފައިނޭންސް އާއި ވޯކްޕްލޭން
  8. ތަފާސް ހިސާބު ފޮނުވުން
  9. ހުއްދަ ހޯދުމުގެ މަރުހަލާތަށް
comment ކޮމެންޓް