މާލޭގައި އުމުރުން ދުވަސްވީ މީހަކު ގެއެއްގެ މަތިން ވެއްޓި މަރުވެއްޖެ

މާލޭ އިމާރާތްތައް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހެންވޭރު ގެއެއްގެ ހަ ވަނަ ފަންގިފިލާއިން އުމުރުން ދުވަސްވީ މީހަކު ރޭ ދަންވަރު މަގުމައްޗަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މަރުވެފައި ވަނީ، 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރީ ރޭ ދަންވަރު 2:39 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް