އައްޑޫ ސިޓީގެ ހިތަދުއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ހިތަދުއިން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ އައްޑޫ ސިޓީން ޕޮޒިޓިވްވި ތިން ވަނަ ކޭސްއެވެ.

އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވެފައި ވަނީ ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ޓެސްޓު ކުރި 58 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ.

އޭނާގެ ޓެސްޓް ހަދާފައި ވަނީ މިއަދުއެވެ.

މިއަދު އައްޑޫ ސިޓީ ފޭދޫއިން އަދި ހިތަދޫއިން ޕޮޒިޓިވްވީވެސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވީ މާލެއިން އެރަށަށް ދިޔަ ފުލުހެކެވެ. ހިތަދޫއިން ޕޮޒިޓިވްވީ ބިދޭސީ އެކެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޓެސްޓުކުރުން އަދި ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

comment ކޮމެންޓް