ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 5000 އިން މައްޗަށް

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 5000 އިން މައްޗަށް އަރައިފި އެވެ.

މިއަދު 143 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5041 ކަށް ވަނީ އަރާފަ އެވެ. މިއަދު ޕޮޒިޓިވްވީ މީހުން ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި 28 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ހަ މީހުންނާއި ނޭޕާލްގެ ދެ މީހުންނެވެ.

މިއަދު ޕޮޒިޓިވްވީ މާލެ ސަރަހައްދުން 140 މީހުންނާއި ރަަށްރަށުން ތިން މީހުންނެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 2218 އަށް އަރާފަ އެވެ. މިއަދު ބަލިން ރަނގަޅުވީ 13 މީހެކެވެ.

ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1478 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 140 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 19 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.

comment ކޮމެންޓް