އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ބޮލީވުޑަށް ނެރެނީ ޔަޝްރާޖް ފިލްމްސްއިން

އާމިރު އާއި އޭނާގެ ދަރިފުޅު ޖުނައިދު ޚާން--

ބޮލީވުޑްގެ ސުޕަސްޓާ އާމިރު ޚާންގެ ދޮށީ ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނެރޭނީ ޔަޝްރާޖް ފިލްމްސް (ވައިއެފްއާރް) އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަދިތްޔާ ޗޯޕްރާ ހިންގާ ޕްރޮޑަކްޝަން ކުންފުނި، ވައިއެފްއާރުން ޖުނައިދު ބޮލީވުޑަށް ނެރެނީ އެ ކުންފުންޏަށް 50 އަހަރު ފުރުމުން އެ ކުންފުނިން ހަދަން ނިންމާފައިވާ ޕްރޮޖެކްޓެއްގެ ދަށުންނެވެ. ގިނަ އޮޑިޝަންތަކެއްކޮށް އެ އޮޑިޝަންތަކުން ޖުނައިދު ވަނީ ފާސްވެސްވެފަ އެވެ. އާމިރުގެ ދަރިފުޅު ޖުނައިދު ވަނީ މީގެ ކުރިން ތިއޭޓާ އެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އަދި އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ވެސް ކޮށްފަ އެވެ.

ވައިއެފްއާރްގެ އަދިތްޔާ ޗޯޕްރާއަކީ ގިނަ ބޮލީވުޑް ތަރިންނެއް ފިލްމީދާއިރާއަށް ތައާރަފްކުރި ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި އަނުޝްކާ ޝަރްމާ، ރަންވީރު ސިންހް، ޕަރިނީތީ ޗޯޕްރާ، އަޔޫޝްމަން ކުރާނާ އަދި އަރްޖުން ކަޕޫރު ހިމެނެ އެވެ.

comment ކޮމެންޓް