އދ.އިން ފެށިގެން ބ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފި

ވިއްސާރަވެ ކަނޑުގަދަވުން: ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާ ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހިސާބަށް ޔެލޯ އެލާޓު ނެރެފިއެވެ.

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިއަދު ހަވީރު މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ އދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ.

މިއަދު 17:20ގައި ނެރުނު މި އެލާޓުގެ މުއްދަތު ހަމަވާނީ މިރޭ 21:00ގައެވެ.

ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެތިބުމަށް މިއަދު އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެމްއެންޑީއެފްއިން އެދުނެވެ.

މިއަދު ހެނދުނު ޅ. އަތޮޅުން ފެށިގެން ހއ.އާ ހަމަވެސް މެޓްއިން ޔެލޯ އެލާޓު ނެރުނެވެ. އަދި އެ ޔެލޯ އެލާޓުގެ މުއްދަތު ހަމަވުމުން، މެންދުރު ލ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށް ވައިޓް އެލާޓުވެސް ނެރުނެވެ. ނަމަވެސް، މިހާރު އެ އެލާޓުގެ މުއްދަތު ވަނީ ހަމަވެފައެވެ.

comment ކޮމެންޓް