ރާއްޖޭގެ މާހައުލާގުޅޭ ހައިސެންސް އޭސީގެ ޕްރީ އޯޑަރަށް ރެޑްވޭވުން ހުޅުވާލައިފި

ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އުފައްދާފައިވާ ހައިސެންސް ބްރޭންޑުގެ އެއާކޯން ---

ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް އުފައްދާފައިވާ ހައިސެންސް ބްރޭންޑުގެ އެއާކޯން ރެޑްްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

ރެެޑްވޭވުން ބުނީ ހައިސެންސް ބްރޭންޑުގެ އޭސީގެ ޕްރީއޯޑަރު ނަގަން މިހާރު ފަށާފައިވާ ކަމަށެވެ. ހައިސެންސް އަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަމަށާއި އެގޮތުން ހައިސެންސް ޓީވީ އަށް ވެސް ދިވެހިންގެ އިތުބާރު ލިބިފައިވާ ކަމަށް ރެޑްވޭވުން ބުންޏެވެ. ރެޑްވޭވުން ބުނީ ހައިސެންސް ބްރޭންޑުގެ އޭސީ އެ ކުންފުނިން ތައާރަފް ކުރާއިރު، މިއީމުޅި ރާއްޖެއަށް ވެސް އަލަށް ތައާރަފް ކުރެވިގެންދާ މޮޑެލްއެއް ކަމަށެވެ.

ހައިސެންސް އޭސީގައި އިންވާޓަރު ހިމެނޭއިރު މިއީ ކަރަންޓް ހަރަދު ކުޑަކޮށްދޭ ޓެކްނޮލަޖީ އެކެވެ.

ހައިސެންސް ބްރޭންޑުގެ އޭސީ ތަފާތު ވަނީ އޭގައި ހިމެނޭ "ގޯލްޑްފިން ޓެކްނޮލޮޖީ"ގެ ސަބަބުންކަމަށް ރެޑްވޭވުން ބުންޏެވެ. ރާއްޖޭގައި ހަރުކުރެވޭ އޭސީއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އަކީ، އޭސީގެ އެތެރޭގައިވާ ކޮންޑެންސަރު އަދި އެވަޕަރޭޓާ ގައި ދަބަރުޖެހުން ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ރަށްރަށުގެ ވައިގެ ތެރޭގައިވާ ލޮނު، އޭސީއަށް ވަދެ ދަބަރުޖެހުމަށް އިތުރަށް މަގުފަހިވާ ކަމަށް ރެޑްވޭވުން ބުންޏެވެ. ގޯލްޑްފިން ޓެކްނޮލޮޖީގެ ސަބަބުން އޭސީގެ އެތެރޭގައި ދަބަރުޖެހުން ހުއްޓުވާލާނެ ކަމަށާއި އަދި އޭސީގެ ޕާފޯމަންސްއަށް ބަދަލު އައުމެއްނެތި އެތަކެއް އަހަރެއް ވަންދެން ތަކަކަށް އޭސީ ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ހައިސެންސް އޭސީގައި ބޭނުން ކުރަނީ ތިމާވެއްޓާއި ރައްޓެހި، "އީކޯ ފްރެންޑްލީ" R32 ގޭސް ކަމަށާއި މިގޭހަކީ ހަރަދު ކުޑަ އަދި ފިނިކޮށްދިނުމުގައި މާ އެކަށޭނަ ގޭހެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

މީގެ އިތުރުން ރެޑްވޭވުން ބުނީ ހައިސެންސް އޭސީގައި ރޫމްގެ ފިނިހޫނުމިން ދެނެގަނެ އޭސީގެ ފިނިމިން ކަނޑައަޅައިދޭ ހާއްސަ މޯޑެއް ހިމެނޭ ކަމަށެވެ.

ހައިސެންސް އޭސީ ޕްރިއޯޑަރަށް ހުޅުވާލި އިރު ހަތަރު ސައިޒެއްގެ އޭސީ ވަރަށް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

އެގޮތުން 10,000BTUގެ އޭސީ 4,690 ރުފިޔާއަށް، 12,000BTUގެ އޭސީ 5,390 ރުފިޔާއަށް، 18,000BTU އޭސީ 5,790 ރުފިޔާއަށް އަދި 24,000BTUގެ އޭސީ 7,590 ރުފިޔާއަށް ލިބޭނެ އެވެ.

އެކެއް ސެޕްޓެމްބަރުގެ ނިޔަލަށް މި އަގުތަކުގައި ހައިސެންސް އޭސީ ޕްރިއޯޑަރު ކުރެވޭނެ ކަމަށާއި ހައިސެންސް އޭސީ އާއެކު ހިލޭ ބްރެކެޓް އަދި އިންސްޓޯލް ކުރާ ކިޓެއް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ. މީގެ އިތުރުން އެއް އަހަރުގެ ސާވިސް ވޮރަންޓީ ލިބޭނެ އެވެ.

އޭސީ ގަތުމުން ގެޔަށް އަދި ބޯޓަށްވެސް މުޅިން ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

comment ކޮމެންޓް