އައްޑޫއިން ބިދޭސީއަކުވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ އައްޑޫ ހައި ސްކޫލު ސައިޓުގައި މަސައްކަތް ކުރަމުން އަންނަ، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

ބިދޭސީ މީހާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށް ފަހު ޓެސްޓުކުރުމުންނެވެ.

ރޭ އައްޑޫ ސިޓީގެ ފޭދޫއިން ފުލުހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު "ސަން" އަށް މިއަދު ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ މީގެ ދެ ދުވަހެއް ކުރިން، މާލެއިން އެރަށަށް ދިޔަ ފުލުހެއް ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާއިރު، ހަތް ފުލުހަކު ފާހަގަވެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޓެސްޓުކުރުން އަދި ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

comment ކޮމެންޓް