ގައްޒާގެ ދަރިވަރުން އަލުން ސްކޫލްތަކަށް، މާސްކެއް ނާޅާ

ގައްޒާގެ ސްކޫލްކުދިން ކްލާހުގައި--

މާބޮޑު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި ފަލަސްތީނުގެ ގައްޒާގެ ދަރިވަރުން އަލުން ސްކޫލްތަކަށް ނިކުމެއްޖެ އެވެ.

އެއާއެކު އދ. އިން ހިންގާ ސްކޫލްތަކުގައި ކިޔަވާ 285،000 ދަރިވަރުންނާއި ސަރުކާރު ސްކޫލްތަކުގައި ކިޔަވާ 277،000 އަށް ވުރެ ގިނަ ދަރިވަރުން އަލުން ވަނީ ކިޔަވަން ފަށައިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ގައްޒާގެ ސްކޫލްތައް ފަސް މަސް ދުވަސް ވަންދެން އޮތީ ބަންދުކޮށްފަ އެވެ.

ދަރިވަރުން ކުލާހުގައި ކިޔަވާއިރު މާސްކު ނާޅާއިރު ތިބެނީ ގައިދުރުކޮނެއް ވެސް ނޫނެވެ. ނަމަވެސް އދ. އިން ހިންގާ ސްކޫލްތަކުން ހޭންޑް ސެނެޓައިޒާ ލިބެ އެވެ.

ސްކޫލްތަކުގައި މިމަހު ހަތަރު ގަޑިއިރު ކިޔަވައިދިނަސް އަންނަ މަހު ކުރިއެކޭ އެއްވަރަށް ގަޑިތައް ނަގައިދިނުމާ މެދު ސަރުކާރުގެ އިދާރާތަކުން ދަނީ ވިސްނަމުންނެވެ.

ގައްޒާގައި ވެރިކަން ކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ ކޮވިޑްއާ ގުޅިގެން ވަރަށް ބޮޑަށް ހަރުކަށި ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އިސްރާއިލްއާ މިސްރު ގުޅޭ ބޯޑަރުތައް އޮތީ ވަރަށް ބޮޑަށް ބަންދުކޮށްފަ އެވެ. އަދި މީހުން އެކަހެރި ކުރުމަށާއި އަންނަ މީހުން އައިސޮލޭޓްކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރި އެވެ.

އެ ފިޔަވަޅުތަކާއެކު ގައްޒާގައި މާބޮޑަށް ކޮވިޑް ފެތުރިފައެއް ނުވެ އެވެ.

އައިސޮލޭޝަން ސެންޓަރުތަކުން 78 މީހަކު ޕޮޒިޓިވްވިއިރު އެކި ކަހަލަ އެހެން ބަލިތައް ހުރި އަންހެނަކަށް ކޮވިޑް ޖެހި، މަރުވެސްވި އެވެ. -- އޭޕީ

comment ކޮމެންޓް