މާސްކު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 278،000 ރުފިޔާއަށް އަރައިފި

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާސްކު ނާޅާ މަގުމައްޗަށާއި އާންމު ތަންތަނަށް ނިކުމެ އުޅެގެން މިހާތަނަށް ކުރި ޖޫރިމަނާތަކުން ދައުލަތަށް ލިބެން ޖެހޭ އަދަދު 278،000 ރުފިޔާއަށް އަރައިފި އެވެ.

މާލެ ސަރަހައްދުގައި މަގުމަތީގައި އަދި އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާސްކު ނާޅައިގެން މިހާތަނަށް ޖުމުލަ 1356 މީހަކަށް ނަސޭހަތްތެރިވެ، ޖުމުލަ 278 ފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މާސްކު ނާޅައިގެން ޖޫރިމަނާ ކުރަނީ 1000 ރުފިޔާގެ މަގުންނެވެ.

މީގެ އިތުރުން ބޭރުގައި އުޅުން މަނާ ވަގުތުތަކުގައި ބޭރުގައި އުޅެގެން ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި 157 މީހަކަށް ނަސޭހަތްތެރިވެ، 79 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މަގުމައްޗަށް ނިކުމެ އުޅުން މަނާ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރޭގަނޑު 10:00އިން ފަތިހު 5:00 އެވެ.

comment ކޮމެންޓް