ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ 8 ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިންޑިއާގެ ކިމްސް ހޮސްޕިޓަލް

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ އަށް ދިވެއްސަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެމީހުންގެ ތެރެއިން ދެމީހަކަށް ބަލި ޖެހުނުކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރު މީހަކާއި ކިމްސް ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެކެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ގޮސްތިބި ދިވެހީންގެ ތެރެއިން އިއްޔެ ވެސް ބަލިމީހަކާއި އެހީތެރިޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، އެ ގައުމުގައި ކަރަންޓީނު ކޮށްފަ އެވެ. އެއީ އެންމެފަހުން ކިމްސް ހޮސްޕިޓަލަށް ދިޔަ ބެޗުގައި ހިމެނޭ ދެ މީހެކެވެ.

ދެން ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އިންޑިއާއަށް ދިޔަ ދެވަނަ ބެޗުން ހަތަރު މީހުންނެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ބަލި މީހަކާއި އެހީތެރިންގެ ގޮތުގައި ދިޔަ ތިން މީހެކެވެ. އެމީހުންގެ ތެރެއިން ބަލިމީހާއާއެކު ތިން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޕްރޮޓޮކޯލް އޮންނަ ގޮތުން އިންޑިއާށް ދެވެނީ ކޮވިޑަށް ޓެސްޓް ކޮށް ނަތީޖާ ނެގެޓިވްވާ ފަރާތްތަކަށެވެ. އަދި އެނބުރި ރާއްޖެއަށް އަންނައިރު ވެސް ޓެސްޓުކުރަން ޖެހެ އެވެ.

comment ކޮމެންޓް