މިއަދު ޕޮޒިޓިވްވީ 129 މީހުން، އެކްޓިވް ކޭސްތައް 2000އިން މައްޗަށް!

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 129 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ބުނީ އިއްޔެ 6:00އިން މިއަދު 6:00 އަށް 129 މީހުން ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 2000އިން މައްޗަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވާ ދެން ތިބި މީހުންނަކީ ގްރޭޓާ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4898 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2088އަށް އަރާފައިވާއިރު، މިއަދު ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. އެއާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 2791 އެވެ.

ރާއްޖެއިން ކޮވިޑު ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 144 މީހުންނަށެވެ. އަދި 19 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް