އެކްޓަރު ރާނާ އާއި މިހިކާ ކައިވެނިކޮށްފި

އެކްޓަރު ރާނާ އާއި މިހިކާ--

ފިލްމު "ބާހުބަލީ" އިން ބޮޑު މަގްބޫލުކަމެއް ހޯދި އެކްޓަރު ރާނާ ދަގޫބަތީ އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ވިޔަފާރިވެރިޔާ މިހިކާ ބަޖާޖް ކައިވެނިކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދެތަރިން ކައިވެނިކުރިއިރު އެ ކައިވެނި ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާގެ މެންބަރުން އެކަންޏެވެ. މިހިކާ އާއި ރާނާގެ ކައިވެނި ކުރެވުނީ މަރްވާޅީ އާއި ތެލެގޫ ސަގާފަތާ އެއްގޮތަށެވެ. އެ ދެ މީހުންގެ ކައިވެނިކުރީ ހައިދަރްއާބާދުގަ އެވެ.

ރާނާގެ ބައްޕަ ބޭރުގެ މީޑިއާ އަކަށް ބުނީ ކައިވެނި ހަފްލާއަށް އަންނަ މީހުން ކޮވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމު ވެސް ހަމަޖެއްސި ކަމަށާއި ކައިވެނިކުރާ ހޯލްގެ އެކި ހިސާބުތަކުގައި ސެނިޓައިޒާޒް ވެސް ބެހެއްޓުނު ކަމަށެވެ.

comment ކޮމެންޓް