އަބީޝޭކް ކޮވިޑުން ރަނގަޅުވެ ގެއަށް ދޫކޮށްލައިފި

އަބީޝޭކް ބައްޗަން--

ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝޭކް ބައްޗަން ކޮވިޑް19 އިން ރަނގަޅުވެ ގެއަށް ދޫކޮށްލައިފި އެވެ.

އަބީޝޭކް ކުރި ޓްވީޓެއްގައި ބުނީ އިއްޔެ މެންދުރު ޓެސްޓު ހެދިކަމަށާއި އަދި ޓެސްޓުގެ ނަތީޖާ ނެގަޓިވްވެފައިވާ ކަމަށެވެ. އޭނާ ބުނީ ދުވަސްތަކަކަށްފަހު ގެއަށް ދެވޭތީ އުފާވާކަމަށާއި ހޮސްޕިޓަލުގެ ނަރުހުންނާ ޑޮކްޓަރުންގެ ފަރާތުން ލިބުނު އަޅާލުމަށް އެމީހުންނަށް ޝުކުރުއަދާކުރާކަމަށެވެ.

އަަބީޝެކް ކޮވިޑަށް ޕޮޒިޓިވްވެ މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލްގައި ފަރުވާ ހޯދަން ފެށީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އަބީޝޭކާއި އޭނާގެ ބައްޕަ އަމީތާބް ބައްޗަންގެ އިތުރުން އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ އާއި ދެމަފިރިންގެ ދަރިފުޅު އަރާދިއާ ބައްޗަނަށް ވެސް ވަނީ ކޮވިޑް ޖެހިގެން އެއާޕޯޓްގައި އެނދުމަތިކޮށް ފަރުވާ ދީފަ އެވެ.

އައިޝްވާރިޔާ އާއި އާރަދިއާ އަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ދޫކޮށްލީ މިދިޔަ މަހުގެ 27 ގަ އެވެ. އަދި އަމީތާބު ގެެއަށް ދޫކޮށްލީ މި މަހު ދެވަނަ ދުވަހު އެވެ.

comment ކޮމެންޓް