ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިމަހު 31ގައި

ޖުލައި 30، 2019: ޖެން ހޮޓެލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސްގެ 37 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ވަނީ އެ ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް އަހަރީ އާންމު ޖަލްސާއަށް ދައުވަތު އަރުވައި، ޖަލްސާގެ ނޯޓިސް ފޮނުވައިފަ އެވެ.

އެ ނޯޓިސްގައި ބުނެފައި ވަނީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 31 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.

ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ޕްރީ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު 11 އޮގަސްޓް ވާ އަންގާރަ ދުވަހުގެ 10:00 އިން އިން 29 އޮގަސްޓް ވާ ހޮނިހިރު ދުވަހުގެ 10:00ގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައި ވަނީ އެ މުއްދަތުގެ ނިޔަލަށް ޕްރީ-ރެޖިސްޓަރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި ޖަލްސާއަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" /mv.infinity://https މެދުވެރިކޮށް ނުވަތަ ފޯމް
ހުށަހަޅައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

އަހަރީ އާންމު ޖަލްސާއަށް ޕްރީ-ރަޖިސްޓަރީކުރުމަށް
އެދޭ ފޯމް ބޭންކުގެ ވެބްސައިޓް mv.com.bankofmaldives.www އިން ލިބެން ހުންނާނެ ކަމަށާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު [email protected] އީމެއިލް ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

ޖަލްސާގައި ބައިވެރިވެވޭނީ 18 އޮގަސްޓްގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށް ވެސް ނޯޓިސްގައި ބުނެފައިވެ އެވެ.

ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެހެން ފަރާތެއް ފޮނުވާނަމަ އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމު ފުރުމަށް ފަހު، 48 ގަޑިއިރުގެ ކުރިން އީމެއިލް އަކުން އަންގަންޖެހޭނެ އެވެ.

އަދި ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާއަށް މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ޖަލްސާއަށް އެމީހަކު ހާޒިރުވާ ކުންފުނި ތަމްސީލުކުރުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަދީފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ޖަލްސާގެ ނޯޓިސް އާއެކު، ޖަލްސާގެ އެޖެންޑާ ވެސް ހިއްސާދާރުންނަށް ފޮނުވާފައި ވާއިރު، ޖަލްސާގެ އެޖެންޑާ އައިޓަމަކަށް ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 27 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ބޭންކުގެ [email protected] އީމެއިލްއަށް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ސުވާލު ފޮނުވާއިރު ހިއްސާދާރުގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު ޖަހަން ޖެހޭނެ އެވެ.

comment ކޮމެންޓް