ސަންގެ އީދު ހަދިޔާތަކުގެ ނަސީބުވެރިން ހޮވައިފި

ސަން އިން މި އަޟްހާ އީދުގައި ކިޔުންތެރިންނަށް ބޭއްވި އީދު ޗެލެންޖްތަކުގެ ނަސީބުވެރިން ހޮވައިފިއެވެ.

މި އަޟްހާ އީދާއި ދިމާކޮށް 'ސަން' އިން ވަނީ ތަފާތު ތިން އީދު ޗެލެންޖެއް އަގުހުރި އިނާމުތަކަކާއި އެކު ކުރިއަށް ގެންގޮސްފައެވެ.

މިގޮތުން ފުރަތަމަ ޗެލެންޖަކީ ކުޑަކުދިންނަށް ހާޢްސަކޮށްގެން 'ކުރަހާލަމާ' ނަމުގައި ބޭއްވި ކުރެހުމުގެ ޗެލެންޖަކެވެ. މި ޗެލެންޖުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމު ސްޕޮންސާ ކޮށްދީފައި ވަނީ 'ޑޫޑުލް'ގެ ފަރާތުންނެވެ.

މިގޮތުން ޑޫޑުލްގެ ފަރާތުންވަނީ އީދާއި ގުޅޭ ކުރެހުންތައް ފޮނުވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ކޮންމެވެސް އެއް ފަރާތަކަށް 1،000 ރުފިޔާގެ ގިފްޓް ހެމްޕާއެއްދޭން ނިންމާފައެވެ. މި އިނާމު ލިބޭ ފަރާތަކީ ޒީޝާން އެވެ.

ދެެވަނަ އިނާމަކީ ދަ ސްޕޭސް ރެސްޓޯރެންޓް އިންދޭ ދެމީހެއްގެ ކެއުމެވެ. މި ކެއުން ހޯދުަމަށްޓަކައި ގިނަ ބަޔަކު އީދު ކެއުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އީދުކެއްކުން ހޭޝްޓެގްޖެހުމަށްފަހު ޕޯސްޓްކުރިއިރު ނަސީބުވެރިއެއްގެ ގޮތުގައި ހޮވިފައިވަނީ ރަޝްމާ އަހުމަދު އެވެ.

ތިންވަނަ އިނާމަކީ ޖިންޖާބޭކްސްގެ ފަރާތުން ހަދިޔާކުރާ ދޮންހިޔަލަ ޓާޓްއެވެ. މި އިނާމު ޓްވިޓާއާއި ފޭސްބުކްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކަށް ވަނީ ދޭގޮތަށް ނިންމާފައެވެ. މިގޮތުން އިނާމު ލިބުނު ދެ ފަރާތަކީ މަރިޔަމް ޒީނިޔާ އަދި މުހައްމަދު ހުޝާމް އެވެ.

މި އިނާމު ހޯދުމަށްޓަކައި ކުރަންޖެހުނު މަސައްކަތަކީ ސަންއާއި ޖިންޖާބޭކްސްގެ ޕޭޖު ފޮލޯކުރުމާއިއެކު މި ޕޯސްޓް ޝެއާކުރުމެވެ.

ސަންއިން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސަން މީޑިއާގެ ނަމުގައި ހާއްސަ ޝުކުރެއް ދަންނަވަމެވެ

ނަސީބުވެރި ފަރާތްތަކަށް އިނާމު ހަވާލުކުރުމަށްޓަކައި މިހާރު ވާނީ ހުރިހާ ނަސީބުވެރިންނާވެސް ކޮންޓެކްޓުކޮށްފައެވެ.

comment ކޮމެންޓް