އިހަވަންދުއިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫ: އެރަށުން ވަނީ އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި --- ސަން ފައިލް ފޮޓޯ

ހއ. އިހަވަންދުއިން އިތުރު ދެ މީހަކު މިއަދު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެ ކުރިން އެރަށުގެ ދެ ބޯޓުގެ ފަޅުވެރިންތަކެއް ޕޮޒިޓިވްވެގެން ޖުމްލަ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ.

އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް ދެމީހެއް ކަމަށެވެ.

"ޕޮޒިޓިވްވި ދެ މީހުންނަކީ، ތަހުތު ބޯޓުގެ ދެ ފަޅުވެރިން،" ސިއްހީ މަރުކަޒު އޮފިޝަލު ވިދާޅުވިއެވެ.

މިއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ ފަހެކެވެ.

އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެ ރަށުގެ "242" ނަމަކަށް ކިޔާ ބޯޓުގެ ކޭޝިއަރެކެވެ. އަދި އެ ބޯޓުގެ އިތުރު ފަޅުވެރިއެއްވެސް ފަހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

ތަހުތު ބޯޓުން މީގެ ކުރިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުންނާއެކު އެ ބޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން 4،600 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2725 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ. މިހާތަނަށް ބަލި ޖެހިގެން މަރުވެފައިވަނީ 19 މީހުންނެވެ.

މިރޭ އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދުގެ 6:00އަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 86 މީހުންނެވެ. މިއީ ފަސް ދުވަސްފަހުން، ކޮވިޑް ކޭސްތައް 100 އިން ތިިރިވި ފުރަތަމަ ފަހަރެއެވެ. އެންމެ ގިނަ ކޭސްތައް ފެނުނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެއީ 215 ކޭސްއެވެ.

comment ކޮމެންޓް