އާލިއާއާއި އަދިތްޔާގެ "ސަޅަކް 2" މި މަހު

ސަޅަކް 2ގެ ޕޯސްޓަރެއް--

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު އާއި ބަތަލާ އާއިލާ ބަޓް ފެނިގެންދާ ފިލްމު "ސަޅަކް 2" މި މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އާލިއާ ކުރި ޓްވީޓެއްގައި ބުނީ މި ފިލްމު ރިލީޒްކުރާނީ މި މަހު 28 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ކަމަށެވެ. އަދި އޭނާ ވަނީ ފިލްމުގެ ޕޯސްޓަރެއްވެސް ހިއްސާކޮށްފަ އެވެ. އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި އާލިއާގެ ދައްތަ ޕޫޖާ ބަޓްވެސް ފެނިގެންދާނެ އެވެ.

"ސަޅަކް" އަކީ މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި ފިލެމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ މަހޭޝްގެ ދޮށީ ދަރި ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ. "ސަޅަކް 2" އިން ވެސް ޕޫޖާ އަދި ސަންޖޭ ފެނިގެންދާނެ އެވެ.

"ސަޅަކް 2" އަކީ އާލިއާ އާއި އަދިތިޔާއާއެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ.

comment ކޮމެންޓް