އިންޑިއާ ރައްޔިތުން ޗުއްޓީގައި އަންނަން ބޭނުންވަނީ ރާއްޖެ

ގޯ އެއާގެ ފްލައިޓެއް ވީއައިއޭގައި ޖައްސާފައި --- ފޮޓޯ: އެމްއޭސީއެލް

ކޮވިޑް19 އަށް ފަހު އިންޑިއާގެ ބޯޑަރު ހުޅުވާލުމުން އެގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަން ބޭނުންވަނީ ރާއްޖެއަށް ކަމަށް ސާވޭ އަކުން ދައްކައިފިއެވެ.

ޓްރެވަލް ޓެކް ކުންފުނި، ޕިކްޔޯޓްރެއިލް އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ކުރިއަށްގެންދިޔަ މި ސާވޭގެ ބައިވެރިންގެ ތެރެއިން 52 ޕަސެންޓް މީހުން ބޭނުންވަނީ ކޮވިޑް19 އަށް ފަހު އެމީހުން ގައުމުން ބޭރަށް ކުރާ ފުރަތަމަ ޗުއްޓީ ދަތުރު ރާއްޖެއަށް ކުރުމަށެވެ.

އިންޑިއާ އާއި ރާއްޖެ އާ ދެމެދު ޓްރެވަލް ބަބްލް އެއް ގާއިމް ކުރުމުގެ ވާހަކަ ދެކެވެމުންދާއިރު އިންޑިއާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހަނީމޫނަށް އަންނަން ބޭނުންވާ ގައުމަކީވެސް ރާއްޖެއެވެ.

އިންޑިއާ އަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.

comment ކޮމެންޓް