މާލެއިން ލަފާ ފުރުމުގައި ބޭނުންކުރާނެ ތަންތައް ކަނޑައަޅައިފި

މާލޭގެ ޓީ ޖެޓީ އާ ދިމާލު: މި ސަރަހައްދު ބޭނުންކުރާނީ އަތޮޅުތަކުން އަންނަ ދޯނިފަހަރު ލަފާފުރުމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސިޓީއަށް އަތޮޅުތަކުން އަންނަ އުޅަނދުތައް ލަފާ ފުރުމުގައި ބޭނުންކުރާނެ ވަކި ސަރަހައްދުތަކެއް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އަޅައި ފިޔަވަޅުތަކުގެ ދަށުން ވަކި ސަރަހައްދުތަކުން އެކަނި ލަފާ ފުރޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން ވަނީ ފަސް ސަރަހައްދެއް ކަނޑައަޅާފައެވެ. އެއީ

  1. އަތޮޅުތަކުން މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި މާލޭގެ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު
  2. އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ އެއް ނަމްބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
  3. އަތޮޅުތަކުން މާލެ އަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުތަކަށް ހުޅުމާލޭގެ ބަނދަރު
  4. އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމަށް ތިލަފުށި ބަނދަރު
  5. ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރަށް މާލޭގެ ފަސް ނަމަބްރު ޖެޓީ އާއި ހަ ނަމްބަރު ޖެޓީ

ސިޓީ ކައުންސިލުން ބުނެފައިވަނީ މާލެއިން ލަފާ ފުރުމުގައި ބޭނުންކުރެވޭނީ ހަމައެކަނި އެ ސަރަހައްދުތައް ކަމަށެވެ.

އެ ކައުންސިލުން އިތުރަށް ބުނެފައިވަނީ އެޗްޕީއޭއިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މާލެ ސިޓީގައި އަމަލު ކުރާނެ ގޮތާ މެދު ވަކި ގޮތެއް ނިންމަންދެއް އަންގާފައިވާ ގޮތަށް އަމަލު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

comment ކޮމެންޓް