މިއަދު ޕޮޒިޓިވްވީ 153 މީހުން، ގިނައީ ދިވެހީން

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން 153 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ، މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 116 ދިވަހިންނާއި 22 ބަންގަލަދޭޝް ރައްޔިތުންނާއި އިންޑިއާގެ 11 މީހެއްގެ އިތުރުން

ރާއްޖެ އިން މިއަދު 153 މީހުން ޕޮޒިޓިވްވެފައިވަނީ 907 ޓެސްޓް ކޮށްގެންނެވެ. އެބަލިން މިއަދު ރަނގަޅުވެފައިވަނީ 23 މީހުނެވެ.

ރާއްޖެ އިން މިހާތަނަށް 4466 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ބަލިން މުޅިން ރަނގަޅުވެފައިވަނީ 2693 މީހެކެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1719 އެވެ.

އެކްޓިވް ކޭސްތަކުގެ ތެރެއިން 1152 މީހުން އައިސޮލޭޝަންގައި ހުރިއިރު 105 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގަ އެވެ. އޭގެ ތެރެއިން އަތޮޅުތެރޭގެ ރަށް ރަށުގައި ފަސް މީހަކު އެބަތިއްބެވެ.

އެ ބަލީގައި ރާއްޖެ އިން ވަނީ 19 މީހަކު ދުނިޔެ ދޫކޮށް ގޮސްފަ އެވެ.

comment ކޮމެންޓް