ޖާބިރާއެކު މޭނާ ހައްސާނު ސިޔާސީ މަސައްކަތަށް!

މޭނާ ހައްސާނު ޑީއާރުޕީއަށް ސޮއި ކުރެއްވުމަށްފަހު ޖާބިރުއާ އެކު ނައްޓަވަނީ ---

މަަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ޑީއާރުޕީއާ ގުޅި، އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ އެކު ސިޔާސީ މަސައްކަތައް ނިކުމެއްޖެ އެވެ.

މޭނާ ހައްސާނު ޑިއާރުޕީއަށް ސޮއިކުރިކަން ހާމަކޮށް ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަކީ މޭނާ ހައްސާނުގެ އެންމެ ބޮޑު އެއް ސަޕޯޓަރު ކަމަށާއި ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ.

ސޮއިކުރުމަށްފަހު ޖާބިރުއާ ސަލާންކޮށް ބައްދާލުމަށްފަހު މޭނާ ހައްސާނު ބުނީ، ޑިއާރުޕީއަކީ ދިވެހީން އެންމެ ލޯބިވާ ޕާޓީ ކަމަށާއި، އެ ޕާޓީއަށް ވަނުމުގެ ހެޔޮނިޔަތާ އެކު މިރޭ 'މި ބައްދާލީ' ކަމަށެވެ. އަދި އޭނާގެ ލަވަޔަކާ އެކު ޖާބިރު އާއި އެކު ވަނީ ނަށާފައެވެ.

ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ، ޑިއާރުޕީއާ ޖާބިރު ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ.

comment ކޮމެންޓް