"ޚުދާ ހާފިޒް"ގެ ތީމް ލަވަ ނެރެފި

ލަވައިގެ މަންޒަރެއް---

ވިދްޔުތު ޖަމްވާލް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޚުދާ ހާޒިފް"ގެ ޓައިޓަލް ޓްރެކް އާންމުކޮށްފި އެވެ.

"ޚުދާ ހާފިޒް"ގެ ނަމުން ނަންދީފައިވާ މި ލަވައަކީ މިތޫން ކޮމްޕޯސްކޮށް ސައީދު ގަދްރީ ލިޔުނު ލަވައެކެވެ. ވިޝާލް ދަދްލާނީގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައަކީ މާނަފުން ލަވައެއް ކަމަށް ވިޝާލް ބުންޏެވެ. ވިޝާލް ބުނީ މި ލަވަ ކީ އިރު މި ލަވައިގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވުނުކަމަށެވެ.

ޚުދާ ހާފިޒް ލަވަ ނެރުނު އިރު "ޖާން ބަން ގައީ" ލަވަ ވަނީ މީގެ ކުރިން އާންމުންނަށް އިއްވާލާފަ އެވެ.

މި މަހު 14 ވަނަ ދުވަހު ހޮޓްސްޓާ މެދުވެރިކޮށް ރިލީޒްކުރާ އެ ފިލްމަކީ ރޮމޭންޓިކް ތްރިލާއެކެވެ. އެ ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދަނީ ޝިވަލީކާ އޮބްރޯއީ އެވެ. ފަރުކް ކަބީރުގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު ޚުދާ ހާފިޒް ޕްރިޑިއުސްކޮށްފައި ވަނީ ކުމާރު މަންގަތް ޕަތަކް އާއި އަބީޝޭކް ޕަތަކް އެވެ. މި ފިލްމަކީ ހަގީގީ ހާދިސާތަކުން އިންސްޕަޔާވެގެން އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް