ލަވަކިޔުންތެރިޔާ ސްމިތާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ލަވަކިޔުންތެރިޔާ ސްމިތާ--

ތެލެގޫ ލަވަކިޔުންތެރިޔާ ސްމިތާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ސްމިތާ ކުރި ޓްވީޓެއްގައި ބުނީ ގައިގައި ރިއްސާތީ ކޮވިޑަށް ޓެސްޓްކުރި ކަމަށާއި އެ ޓެސްޓު ޕޮޒިޓިވްވި ކަމަށެވެ. ސްމިތާ ބުނީ މާ ގަދައަށް ކަސްރަތުކުރުމުން ގައިގައި ރިއްސި ކަމަށް ހީކުރި ނަމަވެސް ރައްކަލަކަށް ކޮވިޑަށް ޓެސްޓްކުރި އިރު އޭނާ ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި އޭނާއާ އެކު އޭނާގެ ފިރިމީހާ ޝަޝާންކް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ދެހާހުގެ އަހަރުތަކުގައި އާންމުންގެ މަޝްހޫރުކަން ހޯދި ސްމިތާ ވަނީ މަގްބޫލު ގިނަ ލަވަތަކެއް ކިޔައިފަ އެވެ. އޭނާ ކިޔާފައިވާ ބައެއް ލަވަތަކުގެ ތެރޭގައި "ޒަރާ ޒަރާ"، "ހައި ރައްބާ" އަދި "މާހީ ވޭ" ހިމެނެ އެވެ.

comment ކޮމެންޓް