ގަވައިދުން ޑިސްއިންފެކްޓު ކުރަން ބޭނުން ފަރާތްތަކަށް ޕެސްޓެކްސްގެ ހާއްސަ ޕެކޭޖެއް

ޕެސްޓެކްސް އިންވަނީ އަމިއްލައަށް ޑިސްއިންފެކްޓު ކޮށްލެވޭނެ އުފެއްދުމަކާއެކު ޕެކޭޖެއް ތައާރަފު ކޮށްފައި -- ފޮޓޯ: ޕެސްޓެކްސް

ކޮވިޑް-19ގެ ބިރާއެކު އަހަރެމެންނަށް މިހާރު އޮތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެެ. ސާފުތާހިރުކަމަށް ސަމާލުކަންދީ، ގައިދުރުކޮށް، މާސްކުއަޅައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުމެ ތިބުމެވެ.

ކޮވިޑާއެކު ގޭތެރެ ސާފުކުރުމުގެ ކަންތަކަށްވެސް ބަދަލު އަތުވެއްޖެ އެވެ. ވެކިޔުމްކޮށް ކިލާފޮޅާ ސާފުކުރުމުގެ އިތުރުން ގޭތެރެ ޑިސްއިންފެކްޓުކުރުމަކީ މިހާރު ކޮންމެ މީހަކުވެސް އެންމެ ސަމާލުކަންދޭ ކަންތަކެވެ. އަމިއްލަ އަށް ގަވައިދުން ޑިސްއިންފެކްޓު ކުރަން ބޭނުންވާ ފަރާތްތަކަށް ޕެސްޓެކްސް އިން މި ވަނީ ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފަ އެވެ.

ޕެސްޓެކްސްގެ މި ޕެކޭޖަކީ އެޕާޓްމެންޓްތަކަށާއި ކުދި ފިހާރަތަކާއި އޮފީސްތަކަށް އަދި ގެސްޓުހައުސް ތަކަށް ހާއްސަ ޕެކޭޖެކެވެ. މި ޕެކޭޖުގެ ދަށުން ޑިސްއިންފެކްޝަން ގަން އަކާއި ޑިސްއިންފެކްޓު ކުރަން ބޭނުންކުރާ ލިކުއިޑް އަދި ރެސްޕިރޭޓާ މާސްކު ލިބޭނެ އެވެ.

ޕެކޭޖްގައި ހިމެނޭ ޑިސްއިންފެކްޝަންގަންއަކީއަލްޓްރާ ލޯ ވޮލިއުމް، ބޭނުންކޮށްލަން ފަސޭހަ ގަން އެކެވެ. ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ސުޕްރޭ، ގަން އަދި ފަސް ލީޓަރުގެ ޑިސްއިންފެކްޓަންޓްގެ އިތުރުން ރެސްޕިރޭޓާ މާސްކް ހިމެނޭ މި ކެޕޭޖުގެ އަގަކީ 1،800 ރުފިޔާ އެވެ.

ޕެސްޓެކްސްއިން ވިއްކާ ޑިސްއިންފެކްޓަންޓަކީ ސިންގަޕޫރުގައި އުފައްދާ، ފެންވަރު ރަނގަޅު، ސެޓިފައިޑް ޕުރޮޑަކްޓެވެ.

ޕެސްޓެކްސް ގެ ޑިސްއިންފެކްޓެންޓު ޕެކޭޖާ ގުޅޭ އިތުރު މައުލޫމާތު 3338009 ނުވަތަ 7781155 އިން ލިބޭނެ އެވެ.

ޑިސްއިންފެކްޓެންޓުގެ އިތުރުން ޕެސްޓެކްސް އިން ޕެސްޓްކޮންޓްރޯލް ހިދުމަތައި އެގްރިކަލްޗަރަލް ފާޓިލައިޒާސް އަދި ސެނިޓައިޒާސްގެ އިތުރުން ހައިޖީން ޕްރޮޑަކްސް ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް