ކޮވިޑާ ގުޅިގެން އެމެރިކާގެ އަންހެނެއްގެ ފުއްޕާމޭގެ ޓްރާންސްޕްލަންޓް ހަދައިފި

ޕުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދި މަރިއްޔާ ރަމީރޭޒް--

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ކޮވިޑާ ގުޅިގެން ފުއްޕާމޭ ހަލާކުވުމުން އެމެރިކާގެ އަންހެނަކު ފުއްޕާމޭގެ ޓްރާންސްޕްލާންޓެއް ހަދައިފި އެވެ.

މިއީ އެމެރިކާގައި ވެސް ކޮވިޑާ ގުޅިގެން ހެދި ފުއްޕާމާގެ ފުރަތަމަ ޓްރާންސްޕްލާންޓެވެ.

މިދިޔަ އޭޕްރީލް މަހު ކޮވިޑް ޖެހުނު އުމުރުން 28 އަހަރުގެ މަރިއްޔާ ރަމީރޭޒްގެ ފުއްޕާމޭ ހަވާލުކުވޭ އޭނާގެ އެހެން ގުނަވަންތައް ވެސް ދިޔައީ ފެއިލްވަމުންނެވެ. އަދި ވެންޓިލޭޓަރުގައި މަހަކަށް ވުރެ ގިނަ ދުވަހު ވަންދެން އޮންނަން ޖެހުނެެވެ.

މަރިއްޔާގެ އާއިލާއިން އޭނާ ސަލާމަތްވާނެ ކަމަކަށް އުއްމީދެއް ނުކުރެ އެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތަކަށް އޭރު ފެނުނީ ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރާށެެވެ. އޭނާއަށް ފަރުވާ ދިން ޑރ. އަންކިތު ބާރަތު ވިދާޅުވީ އެ ޓްރާންސްޕްލާންޓް ނެހެދިނަމަ އޭނާ ސަލާމަތް ނުވީސް ކަމަށެވެ.

މަރިއްޔާ ބުނީ އެ ޓްރާންސްޕްލާންޓް ހަދައި ހޭވެރިކަންވި އިރު ވަރަށް ތަފާތު ގޮތަކަށް އިހުސާސްވި ކަމަށެވެ. އެގޮތުން ވާހަކަ ނުދެއްކި އިނގިއްޔެއް ހަލުވާ ވެސް ނުލެވުނު ކަމަށް އޭނާ ބުންޏެވެ.

އެމެރިކާގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދު މިހާރު 4.6 މިލިއަނަށް އަރައި 150،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.-- ސީއެންއެން--

comment ކޮމެންޓް