މިއަދު 33 ތަނެއް ވަނީ ބަންދުކޮށްފައި

ފުރަބަންދާއެކު ރޯދަ މަހުގައި ރެސްޓޯރެންޓެއް ހުސްކޮށް -- ސަން ފޮޓޯ/ ފަޔާޒު މޫސާރ

ކޮވިޑާ ގުޅިގެން ހިދުމަތް ދޭ ތަންތަނުން އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ 33 ތަނެެއް މިއަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަންދުކޮށްފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އަދު ޖުމްލަ 174 ތަނެއް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިންގަނޑުތަކަށް ނުފެތޭ 33 ތަނެއް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ 17 ފިހާރައަކާއި 10 ރެސްޓޯރެންޓާއި ފަސް ސެލޫން އަދި އެއް މާރުކޭޓެވެ.

ކެފޭ، ޖިމް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ އިންސްޕެކްޝަނުގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ.

މިހާރު ކުރިއަށްދާ ދެވަނަ އިންސްޕެކްޝަންގައި ބަލަނީ ކަންކަން ރަނގަޅުކޮށްފައިވޭތޯ އެވެ. ނުކުރާނަމަ ވަގުތުން ފިޔަވަޅު އަޅައެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ 135 ތަނެއް އިންސްޕެކްޓްކޮށްފައެވެ. އޭގެރެއިން މިންގަނޑަށް ނުފެތޭ 22 ތަނެއް ވަނީ ބަންދުވެސްކޮށްފައެވެ.

comment ކޮމެންޓް