މޫދުގައި އުޅެނިކޮށް އަކުނިވަޔަށް ދަމައިގަނެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެއްޖެ

ހުޅުމާލޭ ފަޅުގައި ސަފާރީތަކެއް އަޅާފައި-- ފޮޓޯ:

ހުޅުމާލޭ ފަޅަށް މޫދަށް އެރި އުޅެނިކޮށް އަކުނިވަޔަށް ދަމައިގަނެގެން ހޮސްޕިޓަލަށް ގެންދިޔަ 27 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ހުޅުމާލޭ ދަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު 27 އަހަރުގެ ފިރިހެނަކު އަކުނިވަޔަށް ދަމައިގަނެގެން ހާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

އެނގިފައިވާގޮތުން މަރުވިވި އޭނާ ކޮވިޑަށް ޓެސްޓް ކުރި ނަތީޖާ ވަނީ ޕޮޒިޓިވްވެފަ އެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މައުލޫމާތު ސާފު ކުރުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މައުލޫމާތު ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް