ހއ. އިހަވަންދޫން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފި އެވެ.
އިހަވަންދޫ ކައުންސިލަރު އަބްދުﷲ ޚަލީލް "ސަން" އަށް ވިދާޅުވީ އެންމެ ފުރަތަމަ އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެ ރަށުގެ "242" ނަމަކަށް ކިޔާ ބޯޓުގެ ކޭޝިއަރު ކަމަށެވެ. އަދި އޭނާ ޕޮޒިޓިވް ވީ ރޭ ނޫން ކުރީ ރޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެން ވެސް އެ ރަށުން ޕޮޒިޓިވްވީ ހަމަ އެ ރަށުގެ ބޯޓެއް ކަމަށްވާ "ތަހުތު" ބޯޓުގެ ފަޅުވެރިއެކެެވެ. އެ ބޯޓުގެ ފަޅުވެރިޔާ ޕޮޒިޓިވްވީ ރެ އެވެ. އަދި ކުރިން ދެންނެވި "242"ގެ އިތުރު ފަޅުވެރިއެއް މިއަދު ހެނދުނު ވަނީ ޕޮޒިޓިވްވެފަ އެވެ.
ޙަލީލް ވިދާޅުވީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި 12 ވަރަކަށް މީހުންގެ ސާމްޕަލް ނަގައިފައިވާ ކަމަށެވެ. އަދި އިތުރު މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދެ ވަނަ އަދި ތިންވަނައަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްޜޭސިން ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
އިހަވަންދޫ މީހުންގެ ސާމްޕަލް ޓެސްޓްކުރަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިގެންނެވެ. އަދި އެ ސާމްޕަލްތަކުގެ ނަތީޖާ ހަ ގަޑިއިރު ތެރޭ ލިބޭ ކަމަށް ވެސް ޚަލީމް ވިދާޅުވި އެވެ.
މީގެ ކުރިން އިހަވަންދޫގެ ބޯޓެއްގައި ހއ. އުލިގަމަށް ދިޔަ މީހެއް ވެސް ކޮވިޑަށްވެސް ޕޮޒިޓިވްވެފައިވެ އެވެ.